ބިޓްކޮއިން އަކީ ކޮބައި ހެއްޔެވެ؟
ބިޓްކޮއިން (ބީޓީސީ) އަކީ 21 މިލިއަން ލިމިޓެޑް ސަޕްލައިއެއްގެ މައްޗަށް ފަރުމާކޮށްފައިވާ ލާމަރުކަޒީ ޑިޖިޓަލް ކަރަންސީއެކެވެ. މިފައިސާ ބޭނުންކުރުމަށް ސަރުކާރެއްްގެ ހުއްދައަކާއި ބޭނ އެއްގެ ބޭނުމެއްނުޖެހެއެވެ.
ބިޓްކޮއިން އިން ލިބިދޭ މިނިވަންކަމާއި ރައްކާތެރިކަަމަކީ ކޮބައި ހެއްޔެވެ؟
ބިޓްކޮއިން ތަޢާރަފުކުރެވުނީ ކޮންމެ މީހަކަށްވެސް އެމީހެއްގެ ފައިސާ އެމީހެއްގެ އަތުގައި ރައްކާތެރިކަމާއެކު ބަހައްޓައިގެން ފައިސާގެ އަގު ހިފެހެއްޓި، ފައިދާ ހޯދާ އިތުރުކޮށް، ބޭނުންއިރަކު ބޭނުންތަނަކަށް ލިމިޓް އެއްނެތި ފޮނުވުމާއި ލިބިގަތުމުގެ މިނިވަންކަން ލިބިގަތުމަށެވެ.
ބިޓްކޮއިން އަށް އިންވެސްޓް ކުރުމާއި އެއިން ފައިދާ ހޯދުން ޙަލާލު ހެއްޔެވެ؟
ބިޓްކޮއިން އަކީ ޙަލާލު އެއްޗެއް ކަމަށާއި އެއަށް އިންވެސްޓް ކޮށްގެން ފައިދާ ހޯދުމަކީ ޙަލާލު ކަމެއްކަން ބުނެފައިވާ މަޝްހޫރު ޝައިޙުންގެ ފަތުވާގެ ވީޑިއޯއާއި ޕީޑީއެފް ފައިލްތަކުގެ ލިންކު ތައް ތިރީގައި އެވަނީއެވެ.
YOUTUBE: https://t.ly/jrc6D
PDF: https://t.ly/2Azbv
ބިޓްކޮއިން ޓްރޭޑް ކޮށްގެން ފައިދާދޭނެކަމަށް ބުނާ ޓްރޭޑަރ އިންނާއި ފަންޑް މެނޭޖަރ އިންނާއި ވެބްސައިޓް ތަކާއި އެޕްތައް ހުންނަ ވާހަކަ އަޑުއެހީމެވެ. މިއީ ކިހާވަރެއްގެ ހަޤީޤަތެއް ހެއްޔެވެ؟
ބިޓްކޮއިން އަކީ ލިމިޓެޑް ފައިސާއަކަށްވެފައި އެއްވެސް ފަރާތެއްގެ ބޭނުމެއްނުޖެހި އަމިއްލަ ވޮލެޓް ގައި ބަހައްޓައިގެން ފައިދާ ހޯދޭ ފައިސާއަކަށްވުމުން ބިޓްކޮއިން ހޯދަން މަކަރާއި ޙީލަތުން ފައިސާ ހޯދާ މީހުން އެކިކަހަލަ ފައިދާގެ ދަހިވެތިކަން ދައްކައިގެން އެކިގޮތްގޮތަށް ފައިސާ ފޭރެން މަސައްކަތްކުރެއެވެ.
އެގޮތުން ފައިސާ ފޭރޭ އެއްގޮތަކީ އިންވެސްޓް ކުރުމުން ފިކްސްޑް ގެރެންޓީޑް ޕްރޮފިޓް ދޭނެކަމަށް ބުނެ ޓްރޭޑަރ އިން ނުވަތަ ފަންޑް މެނޭޖަރ އިންކަމަށްބުނު ފައިސާ ފޭރުމެވެ. މިފަދަ ސްކޭމަރ އިން ވާނުވާ ނޭނގޭ މީހުންނަށް ދަހިވެތިކަން ދައްކާނީ މިސާލަކަށް 300 ޑޮލަރ އިންވެސްޓް ކުރުމުން ޑެއިލީ 25 ޑޮލަރ ލިބޭނެކަަމަށް ބުނެއެވެ.
ދެވަނަގޮތަކީ ބިޓްކޮއިން އިންވެސްޓިން ނުވަތަ މައިނިން ވެބްސައިޓް ތަކަށް މަދު ފައިސާކޮޅެއް ޖަމާކުރުމުން ބޮޑެތި ޕްރޮފިޓް ޑެއިލީ ލިބޭތަން ދެއްކުމަށްފަހު ވިތްޑްރޯލް ކުރަން ފީ ދައްކަންޖެހޭކަން އަންގައި ދެއްކުމެވެ.މިސާލަކަށް 500 ޑޮލަރ އިންވެސްޓް ކުރާ މީހާއަށް ޑެއިލީ 100 ޑޮލަރ ލިބި، 30 ދުވަސްވާއިރު 3000 ޑޮލަރ ގެ ފައިދާގެ ގޮތުގައި ލިބިފަ ހުރުމުން އެއަދަދު ވިތްޑްރޯލް ކުރަން 500 ޑޮލަރ ފީ އެއްގެގޮތުގައި ޖަމާކުރަންޖެހޭކަމަށް ދެއްކުމުން ފައިސާ ޖަމާކުރާތަނުން އެކައުންްޓް ބްލޮކް ކޮށް ފައިސާ ވަގަށްނަގައިގަނެއެވެ.
ތިންވަނަ ގޮތަކީ ފައިސާ ބަހައްޓާފައި ހުންނަ ޓްރަސްޓް ވޮލެޓް ގެ ރިކަވަރީ ފްރޭސް ( ތަޅުދަނޑި) ހޯދަން މަސައްކަތްކުރުމެވެ. އެގޮތުން މިތަޅުދަނޑި ހޯދަން ވެބްސައިޓް އެއްގައި ނުވަތަ އެޕް އެއްގައި ކަނެކްޓް ކޮށްގެން ހިލޭ ފައިސާ ލިބޭނެކަމަށް ނުވަތަ ޑެއިލީ ފައިދާ ލިބޭނެކަމަށް ބުނެ ދަހިވެތިކަން ދައްކާނެއެވެ. ތަޅުދަނޑި މިފަދަ ފަރާތަކާއި ހިއްސާކޮށްފިއްޔާ އެމީހެއްގެ ވޮލެޓް ގައި ހުރި ފައިސާއާއި ފަހުން އަޅާފައިސާ ވަގަށް ނެގޭނެއެވެ.
ބިޓްކޮއިން އާއި އެހެނިހެން ކްރިޕްޓޯކަރަންސީ ގެ ޓެކްނޮލޮޖީ ތަރައްޤީވެ ކުރިއަރައި މަޝްހޫރުވާވަރަކަށް އެފައިސާ ފޭރުމަށް ގެންގުޅޭ އުކުޅުތައްވެސް އަންނަނީ އެކިގޮތްގޮތަށް އިތުރުވެ، ފުޅާވަމުންނެވެ.
ވޮލެޓް ގެ ތަޅުދަނޑި ހޯދަން އުޅުމާއި ވެބްސައިޓް ތަކަށް ޑިޕޮސިޓް ކޮށްގެންނާއި އެޕް ތަކާއި ވޮލެޓް ކަނެކްޓް ކޮށްގެން ފައިދާ ލިބޭނެކަމަށް ނުވަތަ ފައިދާހޯދައިދޭނެކަމަށް ބުނާ ކޮންމެ މީހަކީ ސްކޭމަރ އެކެވެ.
ބިޓްކޮއިން އިން ރައްކާތެރިކަމާއެކު ފައިދާ ހޯދާނީ ކިހިނެއް ހެއްޔެވެ؟
ފުރަތަމައަށް: ރަގަޅު ލިންކް އިން ވޮލެޓް ޑައުންލޯޑް ކުރާނީއެވެ. ލިންކް ތިރީގައި އެވަނީއެވެ.
GOOGLE PLAY: https://t.ly/jPR8N
APP STORE: https://t.ly/j9rc6
ނޯޓް: ވޮލެޓް ކްރިއޭޓް ކުރަން ކްލިކް ކުރުމުން ފެންނަ 12 ލަފްޒަކީ (ރިކަވަރީ ފްރޭސް) ވޮލެޓް ގައި ހުންނަ ފައިސާގެ ރައްކާތެރިކަމުގެ ތަޅުދަނޑިއެވެ. އެ 12 ލަފްޒް ނަގާފަ ތަރުތީބުން ލިޔެފަ ރައްކާނުކޮށްފިއްޔާ ފަހުން ވޮލެޓް އަށް ލޮގިން ވެވޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ. 12 ލަފްޒް ގެއްލިޖެއްޔާ ފައިސާވެސް އަބަދަށް ގެއްލުނީއެވެ. ސްކޭމަރ އިން މިރިކަވަރީފްރޭސް ހޯދަން އެކިގޮތްގޮތުން މަސައްކަތްކުރެއެވެ. އަދި ގޮތްނޭނގޭ ވެބްސައިޓް ތަކާއި އެޕް ތަކުގައި ވޮލެޓް ކަނެކްޓް ކޮށްގެން ހިލޭ ފައިސާއާއި ފައިދާ ހޯދޭނެކަމަށްވެސް ބުނެއެެވެ.މިހުރިހާ ކަންތައްތަކުން ސަމާލުވެ ރައްކާތެރިވާށެވެ.
ދެވަނައަށް: ބިޓްކޮއިން ނުވަތަ އެހެނިހެން ޓޯކަން ތައް އަގު ދަށްގަޑީގައި ރުފިޔާދީފަ ގަނެފަ ވޮލެޓް ގައި ބަހައްޓާނީއެވެ.އަގުމަތިވުމުން ވިއްކައިގެން ފައިދާ ރުފިޔާއަށް ބަދަލުކުރާނީއެވެ. އަގުމަތިވެ، ދަށްވާތަން ކޮންމެ މީހެއްގެ ވޮލެޓް އިންވެސް ވަގުތުން ވަގުތަށް ފެންނާނެއެވެ.
ބިޓްކޮއިން އާއި އެހެނިހެން ކްރިޕްޓޯކަރަންސީ ގަނެ ވިއްކަނީ ކޮންތަނަކުން ހެއްޔެވެ؟
ބިޓްކޮއިން އާއި އެހެނިހެން ކްރިޕްޓޯކަރަންސީ ގަނެ ވިއްކަނީ އެގައުމެއްގެ ހުންނަ ލޯކަލް ކްރިޕްޓޯކަރަންސީ އެކްސްޗޭންޖް އިންނެވެ. އެގޮތުން ރާއްޖޭގައި ގަނެ ވިއްކަނީ ދިކޮއިންސް އެކްސްޗޭންޖް އިންނެވެ. ދިކޮއިންސް އެކްސްޗޭންޖް އަކީ 2017 ވަނަ އަހަރުގައި ބިޓްކޮއިން އެއްގެ އަގު 1000 ޑޮލަރ އަށް ހުރިއިރުން ފެށިގެން ބިޓްކޮއިން އާއި އެހެނިހެން ކްރިޕްޓޯކަރަންސީ ގަނެ ވިއްކުމުގައި 6 އަހަރުގެ ތަޖުރިބާއާއި އިތުބާރު ލިބިފައިވާ ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ކްރިޕްޓޯ އެކްސްޗޭންޖް އެވެ. އެމީހަކު ހުރި ރަށެއްގައި ނުވަތަ ތަނެއްގައި ހުރެގެން ދިކޮއިންސް އެކްސްޗޭންޖް ގެ ވެބްސައިޓް ގައި ރެޖިސްޓަރ ކޮށްގެން އޮންލައިން ކޮށް ވަގުތުން ގަނެ ވިއްކޭނެއެވެ.
ނޯޓް: ކްރިޕްޓޯކަރަންސީ އަގުހެޔޮކޮށް ނުވަތަ ފީ އަކާނުލާ ގަނެ ވިއްކާކަމަށްބުނެ އެކި ގްރޫޕް ތަކުގަޔާއި ޕޭޖް ތަކުގައި ޕޯސްޓް ޖަހައިއުޅޭ ސްކޭމަރ އިން އަންނަނީ އިތުރުވަމުންނެވެ. އިތުބާރު ހޯދުމުގެ ގޮތުން ބައްދަލުކޮށްގެން ގަނެ ވިއްކާކަމަށް ބުނެ ބައްދަލުކުރުމުން ބިރުދައްކައިގެން މުޅި ލާރިކޮޅު ފޭރޭ މީހުންވެސް އުޅެއެވެ.ވީމާ މަދު ފީކޮޅެއް ސަލާމަތްކުރުމުގެ ދަހިވެތިކަމުގައި އަތުގައި އޮންނަ ފައިސާކޮޅު ގެއްލުވާލައި ނަފުސު ނުރައްކަލުގެ ތެރެއަށް ނުވައްޓާށެވެ. ރައްކާތެރިކަމާއި މިނިވަންކަމުގައި އަގުނުކުރެވޭފަދަ އަގެއްވެއެވެ.
HOW CAN I BUY CRYPTOCURRENCY AT DHICOINS?
1) Sign up and verify your account.
2) Specify the amount of MVR or BTC you would like to purchase, and the Dhicoins calculator will show you the live price and the exact amount of BTC or Bitcoins you will receive.
3) Enter your bitcoin receive address.
4) Send the exact amount of payment to our Bank of Maldives (BML) account. Once you have made the payment, upload the bank transfer slip and click "Payment Completed."
NOTE: The entire process, from signup and automatic AI KYC verification to purchasing tokens and receiving them to the wallet,takes approximately 10 minutes.
HOW CAN I SELL CRYPTOCURRENCY AT DHICOINS?
1) Sign up and verify your account.
2) Specify the amount of BTC you would like to sell, and the Dhicoins calculator will show you the live price and the exact amount of MVR you will receive.
3) Send the amount of BTC from your wallet to Dhicoin's Bitcoin deposit address.
4) Once you have sent the bitcoin, click "Payment Completed."
NOTE: The entire process, from signup and automatic AI KYC
verification to selling tokens and receiving MVR payments to the BML account,takes approximately 10 minutes.